ޓީވީ ބަތަލާ ރަޝަމީ ދެސާއީއަކީ އެކުވެރިއެއް ކަމަށާއި އޭނާއާއެކު ލޯބީގެ ގުޅުމަކަށް ދާން ނުވިސްނާ ކަމަށް އެކްޓަރު އަރްހާން ހާނު ބުނެފި އެވެ.

Advertisement
ޓީވީ ބަތަލާ ރަޝަމީ ދެސާއީއަކީ ގާތް އެކުވެރިއެއް ކަމަށާއި އޭނާއާއެކު ލޯބީގެ ގުޅުމަކަށް ދާން ނުވިސްނާ ކަމަށް އެކްޓަރު އަރްހާން ހާނު ބުނެފި އެވެ.
ރަޝަމީ އާއި އަރުހާނާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ދާދި ފަހުން ވަނީ އިންޑިއާގެ ނޫސްތަކުގައި ހަބަރުތައް ފަތުރާފައެވެ. އެގޮތުން ދެމީހުން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ ކަމަށާއި ރަޝަމީގެ އެޕާޓްމެންޓު ކައިރިން އަރްހާން ފެންނަ ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ.
އެއަޑުތަކާ ގުޅިގެން އަރްހާން ބުނީ އަޑު ފެތުރޭ ގޮތްވެސް ބުނެދޭން ނޭނގޭ ކަމަށާއި އެމީހުންގެ މެދުގައި އެފަދަ ގުޅުމެއް ނެތް ކަމަށެވެ.
އެގޮތުން އަރްހާން ބުނީ އެމީހުން އެންމެ ފުރަތަމަ ދިމާވީ ޕްރިންސް ނަރޫލާ އާއި ޔުވިކާ ޗޯދްރީގެ ކައިވެނީގެ ހަފުލާގެ ތެރެއިން ކަމަށެވެ. އަދި އޭނާއަކީ އެ ކައިވެނީގެ ގަހަނާ ޑިޒައިނަރުކަން ފާހަގަކޮށް ބުނީ ރަޝަމީ ވެސް އެދުވަހު ބޭނުންކޮށްފައިވަނީ އޭނާގެ ޑިޒައިނެއް ކަމަށެވެ.
އޭގެ ފަހުން އެމީހުން ދިމާވި ނަމަވެސް އެއީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އެކަނި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއާއެކު ބާއްވަން ބޭނުންވަނީ ވެސް ރަހުމަތްތެރިކަމުގެ ގުޅުން އެކަނި ކަމަށް ބުންޏެވެ.
ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އޭނާ ކައިވެނިކޮށްފައިވަނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫ އާ 2012 ވަނަ އަހަރުއެވެ. އެދެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރުއެވެ.
ރަޝަމީ ފެނިގެންދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެއެވެ.