ads
ފިހާރައެއްތެރެ
ކޮވިޑާއެކު ހެދުނު އެއްބަސްވުމުގައި ވިޔަފާރިވެރިން ނުހިމެނޭ!
ކޮވިޑް-19 ގެ ބަލިމަޑު ކަމުގައި ރާއްޖެ ދުވަހަކުވެސް ނުވެއްޓޭހާ ނުރައްކާތެރި އަނދަވަޅަކަށް މިހާރު މިވަނީ ވެއްޓިފައެވެ.

އެހެންކަމުން މުޅި ގައުމު މިބަލިން ރައްކާތެރި ކުރުމަށް ސަރުކާރާ އެޗްޕީއޭއިންވެސް އަންނަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަމުންނެވެ. 

އެގޮތުން ރޭގަނޑު ނުވައެކާއި ފަތިހު ހަތަރަކާއި ދެމެދު އެއްގަމު އުޅަނދު ދުއްވުމުގެ އިތުރުން ބޭރަށް ނިކުމެ އުޅުންވެސް މަނާކޮށް މިހާރު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. 

މިއާއެކު ވިޔަފާރިވެރިންނަށް އަނެއްކާވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެއެވެ. ރޯދަ މަހުގައި ތަރާވީސް ނަމާދު ކޮށްގެން ވިޔަފާރި ކުރުމަށާ، ހޮޓާ ރެސްޓޯރެންޓު ތަކަށް މީހުން ދާނީ އާންމުކޮށް ނުވައެއްޖަހާ އެހާކަންހާއިރުގައެވެ. 

ރޭގަނޑު ނުވައެކުން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާ ކުރުމުން ސުޕާރިއެއް ގަނެލަންވެސް ފިހާރަތަކަށް ވަންނާނެ މީހަކު ނުވާނެއެވެ. ހޮޓަ ރެސްޓޯރެންޓުތައް ބަންދު ކުރެވިގެން ދާނެއިރު، ޓެކްސީ ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ގެއްލުމެއް ވެގެންދާނެއެވެ.

ނަމަވެސް ފިހާރަތަކާއި ކެފޭތައް ހިންގާ ފަރާތްތަކަށް ބަރާބަރަށް އިމާރާތަށް ކުލި ދައްކަން ޖެހެއެވެ. މުއައްޒަފުންނަށް މުސާރަ ދޭންވެސް ޖެހެއެވެ. އަދި ދެންވެސް ވިޔަފާރި ހިންގުމަށްޓަކާ ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކޮށްފައި ގެއަށް ގެންދާނެ ލޯ ލާރިއެއްވެސް ގިނަ ފަހަރު ނޯވެއެވެ. 

މީގެ ކުރިން އައި ކޮވިޑުގެ ރާޅާއެކުވެސް ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ގެއްލުންތަކުން އަރައި ނުގަނެވިގެން އުޅެނިކޮށް އަނެއްކާ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

މީގެ އިތުރުން ސަރުކާރުގެ އިގްތިސޯދުވެސް އޮތީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުރުމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އިތުރަށް ރުފިޔާ ޗާޕުކުރަން ވަނީ ޖެހިފައެވެ. މިހާލަތުގައި ވިޔަފާރިތައް ބަންދު ކުރުމުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަސް ސަރުކާރުގެ ފަރާތުންވެސް ދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާނެއެވެ. 

އަސްލު ރޯދަމަހުގަ އަޅުގަނޑުމެންގެ ޕީކް ޓައިމް އެއީ ރޭގަނޑު ނުވައެކުން އެގާރައަށް. ހުރިހާ އެންމެންވެސް އެގަޑިގަ ނިކުންނާނީ އެއްޗެހި ގަންނަން. ދެން މިހެން ހެދީމަ ވަރަށް ދެރަ އަސްލު. އެމީހުން ބޭނުންވީމަ ލުއި ދީފަ ބޭނުންވީމަ ފިޔަވަޅުތައް އެއަޅަނީ -މާލޭގައި ފިހާރަ ހިންގާ ފަރާތެއް

ސަރުކާރުންނާއި އެޗްޕީއޭއިން އަޅާ ފިޔަވަޅުތައް ދޯހަޅި ވުމުގެ ސަބަބުން ވިޔަފާރިވެރިން ތިބީ "ރަތަށް" އަރާފައެވެ. 

ކޮންމެ ފަހަރަކު ހާލަތު ގޯސްވީމަ ރައްޔިތުން ބަދުނާމު ކޮށްފަ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ފިޔަވަޅުތައް އަޅަނީ. އެމީހުން ބޭނުން ވީމަ އިންތިހާބުތައް ބާއްވަން ހުއްދަ ދޭންވީ އެންމެން މަސްހުނިވެގެން. ފުޓުބޯޅަ މުބާރާތްތައްވެސް ހާއްސަ ހުއްދައިގެ ދަށުން ކުޅެންވީ. އެއީ ކޮވިޑާ ވަކި އެއްބަސްވުމެއް ހަދައިގެން ބަލި ނުޖެހޭ ގޮތަށް ކުރާ ކަމެއްތަ؟ - މާލޭގެ ކެފޭއެއް ހިންގާ ފަރާތެއް

މީގެ ކުރިން އިންތިހާބާ ގާތްކޮށް އެކި މަޝްރޫއުތައް ފެއްޓުމަށް ސަރުކާރުގެ އިސްފަރާތްތައް ވަނީ ރަށްރަށަށް ގޮސްފައެވެ. އެންމެން މަސްހުނިވެގެން ލޯކަލް ކައުންސިލް އިންތިހާބުވެސް ބޭއްވީއެވެ. ހާއްސަ ހުއްދައިގެ ދަށުން ފުޓުބޯޅަ މުބާރާތްތައްވެސް ކުޅެނީއެވެ. 

އެހެންކަމުން މިފަދަ ހާއްސަ ހުއްދައިގެ ދަށުން ކުރާ ކަންތަކަކީ ހާއްސަ އެއްބަސްވުމެއް ކޮވިޑް-19 މި ބައްޔާ ސަރުކާރުން ހަދައިގެން ކޮވިޑް ނުޖެހޭ ގޮތަށް ކުރާ ކަމެއްތޯ ގިނަ ރައްޔިތުންތަކެއް ދަނީ ސުވާލު އުފައްދަމުންނެވެ. އެހެންކަމަށް ވާނަމަ ވިޔަފާރިވެރިން އެ އެއްބަސްވުމުގައި ނެތީ ކީއްވެތޯ ވެސް އެމީހުންދަނީ ސުވާލު އުފައްދަމުންނެވެ.

ވިޔަފާރިވެރިންގެވެސް މައިގަނޑު ކަންބޮޑުވުމަކީ އެޗްޕީއޭއިން ހަދާފައިވަ ގައިޑްލައިންތަކުގެ ސަބަބުން އެމީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އެހެން ބަޔަކަށް ވަކި ހާއްސަ ހުއްދަތަކެއް ދިނުމެވެ. ކުރުގޮތަކަށް ދަންނަވާނަމަ ހެދިފައިވާ ގަވައިދުތައް ދޯހަޅި ވުމެެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް