ads
ފައިލް ފޮޓޯ:-
ފުލުހުންގެ ބަންދުގައި އަމިއްލައަށް މަރުވި މީހާގެ ވަނަވަރު ހާމަކޮށްފި
ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވީ މަސްތުވާތަކެތި އެތެރެކުރި މީހެއްކަމަށް ބުނެ އެމީހާގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ފުލުހުންގެ ބަންދުގައި ހުއްޓައި މީހަކު މަރުވިކަން ފުލުހުން ހާމަކޮށްފައިވަނީ، ބުދަ ދުވަހު އެވެ. 

ފުލުހުން މިއަދު ބުނީ، އަމިއްލައަށް މަރުވެފައިވަނީ  3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ދެ މީހުންގެ ތެރެއިން އެކަކު ކަމަށެވެ. 

އޭނާ މަރުވިއިރު ހުރީ ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ޔޫކޭ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ މީހެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

"އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފަ،" - ފުލުހުން - 

ފުލުހުންގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ކުރަމުންނެވެ

13%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް