ads
މާލޭގެ ރެސްޓޯރަންޓެއް---ފޮޓޯ:އެޑިޝަން
ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަކަށް
ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ
Advertisement

އިކޮނޮމިކް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން މިމަހުގެ 12ގެ ނިޔަލަށް  ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އާންމުންނަށް ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އާ ދެމެދު ކަމަށް ބުނެފައި ވެއެވެ.

އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީބް ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރައްވަން ވާނެ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ރެސްޓޯރެންޓް ކެފޭގެ ހިދުމަތްދޭ ތަަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މި ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އަދި، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް ވެސް އަންގާފައިވެއެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމާ ގުޅިގެން އެ ގަޑިތަކަށް މި ވަނީ ބަދަލު ގެނެސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް