ads
ގާސިމް އިބްރާހީމް: އޭނާ ވަނީ 12 މިލިއަން ރުފިޔާއަށް މާލެއިން ގެއެއް ބައްލަވާގެންފައި --
12 މިލިއަން ރުފިޔާއަށް ގާސިމް މާލެއިން ގެއެއް ބައްލަވާގެންފި
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެއިން ގެެއެއް ބައްލަވައި ގަނެފިއެވެ.
Advertisement
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެއިން ގެެއެއް ބައްލަވާގެންފިއެވެ.

ގާސިމް ބައްލަވައިގަތް ގެއަކީ މ. ވާދީބިލްޑިންގް އެވެ. އެ ގެއަކީ މުހައްމަދު އަހުމަދު ދީދީގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ގެއެކެވެ. އެ ގެއަކީ 413.33 އަކަފޫޓުގެ ގެއެކެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މ. ވާދީރޯސްގެ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ 12 މިލިއަން ރުފިޔާއަށް ގާސިމް ބައްލަވާ ގަނެފައިވާ ކަމަށެވެ. އަދި އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާތީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ވަނީ އެ ގޭގެ މިލްކުވެރި ފަރާތަކީ ގާސިމް ކަމަށް ކަނޑައަޅާ ހުކުމް ކޮށްފައެވެ.

މިއީ ގާސިމް އިބްރާހީމް މާލެއިން ބިމެއް ބައްލަވައިގަތް ފުރަހަމަ ފަހަރު ނޫނެވެ. މި ނޫނަސް މާލެއިން ގާސިމް ވަނީ މީގެކުރިންވެސް އެހެން ބިންތަކާއި ގެ ބައްލަވައި ގަނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް