ރޯމާއާ ޔުނައިޓެޑުގެ މެޗު ރޭ ނިމުނީ ތިން ލަނޑު ދެ ލަނޑުން ޔުނައިޓެޑު ބަލިވެގެންނެވެ. މި މެޗުން ޔުނައިޓެޑު ބަލިވިޔަސް ފުރަތަމަ ލެގުގައި ހަ ލަނޑު ދެ ލަނޑުގެ ބޮޑު ތަފަތާކުން މޮޅުވެފައިވާތީ އެގްރިގޭޓް ނަތީޖާއިން ޔުނައިޓެޑަށް ކުރި ލިބުނީއެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ދެ ލަނޑުވެސް ޖެހީ އެޑިސަން ކަވާނީއެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑު ނުކުންނާނީ ސްޕެއިން ވިޔަރިއާލްއާ ދެކޮޅަށޭވެ. ފައިނަލް މެޗު އޮންނާނީ މި މަހު ފަހުކޮޅުއެވެ.