"ރަމަލާން މަހުގެ ރޯދައާއި ފިތުރު ޒަކާތް" ނަމުގައި މިއަދު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ވަނީ ޒަކާތް ދެއްކުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ (މސއވ) ސިފަކުރައްވާފައިވާ ފަދަ އެއްބަނޑު އެއްބަފާ މުޖުތަމައުއަކަށް އިސްލާމީ މުޖުތަމައު ވާނީ އުފަލާ ހިތާމައިގައި އެންމެން ބައިވެރިވެގެންކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޒަކާތުގެ ސަބަބުން އަހަރަކު އެންމެ ދުވަހަކު ނަމަވެސް ހޭދަކުރާ މީހަކަށް ވުމުގެ މާތްކަން ކޮންމެ މުސްލިމަކަށް ވެސް ހާސިލުވެގެން ދާކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.