ads
ޑރ. މުއިއްޒު
އިމްތިހާން ފަސްކޮށްގެން ނަމަވެސް އާ ޕޭޕަރު ދިނުމަށް ޑރ. މުއިއްޒު ގޮވާލައިފި
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެސްއެސްސީ ދިވެހި އިމްތިހާނުގެ ޕޭޕަރު އޮޅިގެން ދަރިވަރުންނަށް ބެހި ކަމަށްބުނެ، މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އޮޅިގެން" އިސްލާމް ޕޭޕަރު ކަމަށް ހީކޮށް މާދަމާ އޮންނަ އެސްއެސްސީ ދިވެހި އިމްތިހާނުގެ ޕޭޕަރު ހުޅުމާލޭ ގާޒީ ސުކޫލުގައި ދަރިވަރުންނަށް ބަހާފައިވާ ކަމަށެވެ. 

ނަމަވެސް ޕޭޕަރު ބަދަލުކުރުމެއްނެތި މާދަމާ ދަރިވަރުންނަށް ދިވެހި އިމްތިހާނު ހަދަންދޭތީ ކަންބޮޑުވުން ފާޅުކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ ސެކުއިރިޓީ ސީލް ކެނޑުމަށްފަހު އެ ކަރުދާސް ފަހުގެ ތާރީހެއްގައި އިމްތިހާނެއް ހަދަން ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ.

އެގޮތުން މާދަމާ އޮންނަ ދިވެހި އިމްތިހާން ލަސްކޮށްގެން ނަމަވެސް، އާ ޕޭޕަރެއް ތައްޔާރުކޮށް ދަރިވަރުންނަށް ދިނުމަށް ޑރ.މުއިއްޒު ވަނީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ކިބައިން އެދިފައެވެ.


އިސްލާމް ޕޭޕަރު ކަމަށް ހީކޮށް އެސްއެސްސީ އިމްތިހާނުގެ ޕޭޕަރުތައް ދަރިވަރުންނަށް ބަހާފައިވާއިރު، މިއަހަރުގެ މޭއި/ޖޫން ގެ އެޑެކްސެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައްވެސް ލީކުވުމާ ގުޅިގެން ރާއްޖެއިން ވަނީ އެ އިމްތިހާނު ކެންސަލްކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް