ads
ގޮއްވާލި ސައިކަލުގެ މައުލޫމާތު ލިބިއްޖެ: ފުލުހުން
ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލުގެ މައުލޫމާތު ލިބިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. 

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ސައިކަލާ ގުޅޭ ސައްހަ މައުލޫމާތު މިހާރު ހޯދިފައިވާ ކަމަށެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެ ސައިކަލުގެ ވެރިފަރާތް އަދި ސައިކަލާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެތާ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެންނެވެ. ފުލުހުން ބުނީ އެ ހަމަލާދޭން އުޅޭކަމުގެ އިންޓަލިޖެންސް ކުރިން އެއްވެސް ގޮތަކުން ލިބިފައި ނުވާ ކަމަށެވެ. 

އެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިޒަމްގެ ހަމަލާއެއް ގޮތުގައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް