ads
ރުއްތަކެއް ނަގާފައި---ފޮޓޯ:މިއަދު
ނެގި ރުއްގަހަށްވުރެ އިންދި ރުއްގަސް ގިނަ: އީޕީއޭ
މިއަހަރު މިހާތަނަށް ރާއްޖޭގެ ރަށްތަކުން ނަގާފައިވާ ރުއްގަހަށް ވުރެ އިންދި ރުއްގަސް ގިނަ ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
Advertisement
މިއަހަރު މިހާތަނަށް ރާއްޖޭގެ ރަށްތަކުން ނަގާފައިވާ ރުއްގަހަށް ވުރެ އިންދި ރުއްގަސް ގިނަ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ބުނީ މިއަހަރު މިހާތަނަށް ފަސް ރަށެއްގައި 8602 ރުއްގަސް އިންދާފައިވާ ކަމަށާއި ރުއްގަސް މިއަހަރު ނެގުމުގެ ހުއްދަ ދީފައިވާ 21 ރަށަކުން 2،706 ރުއްގަސް ނަގާފައިވާ ކަމަށެވެ.

ރުއްގަސް އަލުން އިންދާފައިވާ ރަށްތަކުގެ ތެރޭގައި:
- ޅ. މަޑިވަރު
- ލ. ކުނަހަންދޫ
- ނ. މަނަދޫ
- ނ. މަގޫދު
- ރ. ވާދު

އީޕީއޭ އިން ބުނީ މީގެ ކުރީ އަހަރުތަކުގައި ދީފައިވާ ހުއްދައިގެ ދަށުން ނަގާފައިވާ ރުއްގަސް ވެސް މި އަހަރު އިންދާފައިވާ ކަމަށެވެ.

ރުއްގަސް ނަގަން ހުއްދަ ދީފައި ރަށްރަށުގެ ތެރޭގައި:
- ށ. ނަރުދޫ
- އއ. ތޮއްޑޫ
- ރ. ރަސްމާދޫ
- ރ. ވާދޫ
- އއ. މަތިވެރި
- ލ. ގަން
- ރ. ރަސްގަތީމު
- ޅ. ހިތަދޫ
- ހއ. މޮޅަދޫ
- ރ. އަންގޮޅިތީމު
- ލ. ކުނަހަންދޫ
- ހއ. ބާރަށް
- ނ. މަނަދޫ
- ނ. މަގޫދޫ
- ށ. ގޮއިދޫ
- ށ. ފޯކައިދޫ
- ނ. ޅޮހި
- މ. މާވަށް

އެ ރަށްރަށުގެ އިތުރުން ތ. މަޑިފުއްޓާއި ގދ. ވާދޫ އިން 90 ރުއް ނަގަން ވެސް އީޕީއޭ އިން ހުއްދަ ދީފައިވާ ކަމަށް އީޕީއޭ އިން ވަނި ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;