ads
ފޮޓޯ--
ކަރަންޓީނުވާން ޖެހޭ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފި
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓީނުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނުފައި ވަނީ މިވަގުތުން ފެށިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި އެއްޗެއް އަންގަވަންދެން ދަތުރުފަތުރާ ގުޅިގެން ކުރާ ކަރަންޓީނު 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މާލެ އާއި ރާއްޖޭގެ އިތުރު ސަރަހައްދު ތަކުގައި ކޮވިޑް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މި ފާއިތުވި ދެ ދުވަހު ވަނީ އިތުރުވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެޗެ.

ރާއްޖެއިން ކޮވިޑްގައި ހަ މީހަކު އިއްޔެ މަރުވެފައި ވާއިރު މިއަދު ވަނީ ތިން މީހަކު މީހަކު މަރުވެފައެވެ.

އަދި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު 700 އިން މައްޗަށް އަރާފައިވާއިރު މާލޭގެ އިތުރުން ބަލި ބޮޑަށް ފެތުރޭ ރަށްރަށުގައި ކާފިއު އިއުލާނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އަތޮޅުތެރޭގެ ހަތް ރަށެއްގައި އެޗްޕީއޭއިން މިހާރު ވަނީ ކާފިއު އިއުލާނު ކޮށްފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުުރު ނުކުރެވޭނެހެން އުސޫލަށް ބަދަލު ގެނެސްފައިވާއިރު، މާލޭގައި ރޭގަނޑު 9:00 އިން ފަތުހު 4:00 ކާފިއު އިއުލާނުކޮށް ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގެއިން މަސައްކަތް ކުރަން ވަނީ އަންގައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް