ads
ބަޑި ހިފައިގެން ހުރި މީހެއްގެ އަތް --- ފޮޓޯ: ޖެންޑާ ޕޮލިސީ ރިޕޯޓު
އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައިފި
އެމެރިކާގެ ސްކޫލެއްގައި 11 އާއި 12 އަހާރައި ދެމެދުގެ ކުޑަ އަންހެން ކުއްޖެއް ބަޑި ޖަހައި ތިން މީހަކަށް ހަމަލާ ދީފިއެވެ.

އެމެރިކާގެ ފުލުހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެމެރިކާގެ އައިޑަހޯ ސްޓޭޓްގެ ސްކޫލެއްގަ ގްރޭޑް ހައެއްގައި ކިޔަވަމުންދިޔަ ކުއްޖަކު ބަޑި ބޭނުންކޮށްގެން ދެ ކުޑަކުދިންނާއި އެއް ޓީޗަރަކަށް ވަނީ ހަމަލާ ދީފައެވެ.

ޖެފާސަން ކައުންޓީގެ ޝެރިފް ސްޓީވް އެންޑަސަން ބުނެފައިވާ ގޮތުގައި އެކުއްޖާވަނީ އޭނާގެ ދަބަހުން ކުޑަ ހޭންޑްގަން އެއް ނެގުމަށްފަހު ސްކޫލްގެ އެތެރޭގައި އަދި ބޭރުގައިވެސް ދެތިން ފަހަރު ޖަހާފައެވެ.

އަދި ޖެފާސަން ބުނެފައިވާ ގޮތުގައި މިހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވެފައެއް ނުވެއެވެ.

އަދި ޖެފާސަން އިތުރަށް ބުނެފައި ވަނީ، ސްކޫލް ޓީޗަަރަކު އެކުއްޖާގެ އަތުން ބަޑި އަތުލައި ފުލުހުންނަށް އެތަނަށް އާދެވެންދެން އެކުއްޖާ ހިފަހަށްޓައިގެން ހުރިކަމަށެވެ.

މިހާދިސާ ދަނީ އެފްބީއައި އާއި އެމެރިކާގެ ފުލުހުން ތަހުގީގު ކުރަމުންނެވެ. 

ފަހުން އައިސް އެމެރިކާގައި ބަޑީގެ ހަމަލާއަކީ އާންމުވެފައިވާ ކަމެކެވެ. ދާދި ފަހުންވެސް އިންޑިއާނާ ޕޮލިސްގައިވާ ފެޑްއެކްސް ފެސިލިޓީއަކާއި، ކެލިފޯނިއާގައިވާ އޮފިސް އިމާރާތަކާއި، ކޮލޮރާޑޯގެ ކާބޯތަކެތި ވިއްކާ ފިހާރައަކާއި އަދި އެޓްލަންޓާގެ ދެތިން ސްޕާއެއްގައި ވަނީ ބަޑީގެ ހަމަލާތަކެއް ހިނގާފައެވެ. 

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގައި މިހިނގަމުންދާ ބަޑީގެ ހަމަލާތަކަކީ ބަލިމަޑުކަމެއް ކަމަށާއި ބައިނަލްއަގްވާމީ ލަދެއްކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރު އެމެރިކާއިން ވަނީ ބަޑީގެ ހަމަލާގެ މައްސަލަތަކުގައި މުޅިއެކު 43،000 މީހުނަށް ވުރެ ގިނަ މީހުން މަރުވެފައި ކަމަށާއި މީގެ ތެރޭގައި އަމިއްލައަށް މަރުވި މީހުންވެސް ހިމެނޭ ކަމަށް ގަން ވައިލެންސް އާކައިވް ރިޕޯޓު ކޮށްފައިވެއެވެ.     

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް