ads
އޮލިމްޕިކްސް އާއި ދެކޮޅަށް ބައެއް އާއްމުން ހިޔާލު ފާޅުކުރަނީ --- ފޮޓޯ: ސްކައި ނިއުސް
އޮލިމްޕިކްސް ނުބާއްވަން އެތައް ބަަޔަކު ގޮވާލައިފި
ކޮވިޑް-19 ގެ ހާލަތައް ބަރޯސާވެ ޖަޕާނުގެ ޓޯކްޔޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްފިކްސް ނުބޭއްވުމަށް ޖަޕާނުގެ އެތައް ބަޔަކު އަޑުއުފުލައި ގޮވައިފިއެވެ.

މިގޮތުން، އޮލިމްޕިކްސް މެދުކަނޑާލުމަށްޓަކައި، ދެ ލައްކަ އަށްވުރެ ގިނަ ޖަޕާނުގެ ރައްޔިތުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ.

ތަފާސް ހިސާބު ދައްކާގޮތުގައި، ޖަޕާނުގެ 80 ޕަސަންޓު މީހުން ބޭނުންވަނީ އޮލިމްޕިކްސް މިއަހަރު ނުބޭއްވުމަށެވެ.

އޮލިމްޕިކްސް މުބާރާތް ޓޯކްުޔޯގައި ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ އެ މުބާރާތް މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއެކު މިއަހަރަށް ލަސްކުރުމުގެ ސަބަބުންނެވެ. 

ޓޯކްޔޯއާއި، އޮސާކާ އަދި ކްޔޯޓޯ ފަދަ ސިޓީތައް މިހާރުވެސް ވަނީ މެއި 11ގެ ނިޔަލަށް ސްޓޭޓް އޮފް އެމޭޖެންސީ ގައެވެ. އެހެން ނަމަވެސް، މި މުއްދަތު އިތުރުކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖަޕާނުގައި ވެކްސިން ދެވިފައިވަނީ އާބާދީގެ ހަމައެކަނި 2.2 ޕަސަންޓަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް