ރައީސް ނަޝީދަކީ އެންމެ ސެކިއުރިޓީ ލެވެލް ހައި ބޭފުޅެއް ކަމަށާއި، އެބޭފުޅާ އަކީ އެންމެ ރިސްކް ބޮޑު ކެޓަގަރީގައި އެމްއެންޑީއެފްއިން ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަ ފަރާތެއް ކަމަށް ޝަމާލު ވިދާޅުވިއެވެ.
އަދި އެމަނިކުފާނާއި ގުޅޭ އިންޓެލިޖެންސް އައުޓްޕުޓް ތަކަކީ އަބަދުމެހެން އަންނަ އިންޕުޓްތަކެއް ކަމަށާއި، އެބޭފުޅާއަށް ހުރި ތުރެޓް ތަކުގެ މައުލޫމާތު އަބަދުމެހެން ލިބޭ ކަމަށްވެސް ޝަމާލު ވިދާޅުވިއެވެ.
ހަމައެހެންމެ އެކަމާއި އެކު ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓެމުން އަންނަ ކަމަށާއި، އާންމުގޮތެއްގައި ކުރީގެ ރައީސުންނަށް އަރުވާ ވަރަށް ވުރެވެސް ހައި ލެވެލްގެ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ފޯރުކޮށްދެމުން އަންނަ ކަމަށް ޝަމާލު ވިދާޅުވިއެވެ.
އަދި ސެކިއުރިޓީ ޓީމުގެ ކެޕޭސިޓީ އިތުރުކޮށް ހަތިޔާރާއެކު ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަވަމުން އައިކަމަށްވެސް ޝަމާލު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން އެމަނިކުފާނު ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމެއް ފޮނުވައިގެން އެތަންތަން ބަލާ ފާސްކުރުމުގެ އިތުރުން ގޮވާފަދަ އެއްޗެއް ހުރެދާނެ ކަމަށް އެތަންތަންވެސް ބަލާ ފާސްކުރަމުން ގޮސްފައިވާނެ ކަމަށްވެސް ޝާމާލު ވިދާޅުވިއެވެ.