ads
ހަމަލާދިން ސަރަހައްދުގައި ފުލުހުން ފޮޓޯ:--
އިތުރު ޑިވައިސްއެއްގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވި: ޝަމާލް
ރޭގެ ވަގުތެއްގައި އިތުރު ޑިވައިސްއެއްގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރިވި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ޝަމާލް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ރޭގެ ވަގުތެއްގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމްއެންޑީއެފުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރޭގެ ހަމަލާގައި، އިތުރު ޑިވައިސްއެއްގެ މައުލޫމާތުތަކެއް އެވަގުތު ކަހަލަ ގޮތަކަށް ލިބުނު ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި މި މައުލޫމާތު ލިބުމާއެކު ސިފައިން އެ މައުލޫމާތަށް ރިއެކްޓު ކުރި ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެގޮތުން މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން އީއޯޑީ ޓީމެއް ސައިޓަށް ފޮނުވި ކަމަށާއި، މެރިންސްގެ ޓީމެއްވެސް ފޮނުވި ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އިވަކުއޭޓް ކުރުމުގެ ހާލަތަކަށް އަތުވެދާނެ ކަމަށް ސްޕެޝަލް ފޯސްގެ ޓީމެއް އެ ސަރަހައްދަށް ފޮނުވި ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އެ ސަރަހައްދުގައި އިތުރު ޑިވައިސްއެއް އޮތްކަމުގެ މައުލޫމާތު ލިބުނީ، މި ޓީމުތައް ޑިޕްލޮއި ކުރި ފަހުން ކަމަށެވެ. 

މި މައުލޫމާތާއި ގުޅިގެން ބެލިބެލުމުން، މިއީ އަސްލެއް ނެތް ވާހަކައެއްކަން އެނގިގެން ދިން ކަމަށް ޝަމާލް ވިދާޅުވިއެވެ.

މިފަދަ ހާދިސާތަކުގައި މަލްޓިޕަލް ޓާގެޓް އުޅޭ ކަމަށާއި، އެހެން ކަމުން އެފަދަ ހަބަރެެއް ލިބުމުން ރިއެކްޓު ކުރީ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ 20:30 ހާއިރު ނީލޯފަރު ހިނގުމުގައި ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައެވެ. މިހާރުވެސް އެމަނިކުފާނަށް ހޮސްޕިޓލުގައި ފަރުވާ ދެމުން އަންނައިރު، ފުލުހުން އަންނަނީ މި ހަމަލާ އަކީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް