ads
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް-
އެމްއެންޑީއެފްގެ އަތެއް ނޯންނާނެ ކަމުގެ ޔަގީންކަންދެން: ޝަމާލް
ރޭގެ ވަގުތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމްއެންޑީއެފްގެ އަތެއް ނޯންނާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ޝަމާލް މިހެން ވިދާޅުވެފައިވަނީ، އެމްއެންީޑއެފުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިހާރުވެސް ސިފައިންގެ އެހީއާއެކު ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އަޅުގަޑުމެން ގަބޫލެއް ނުކުރަން އެމްއެންޑީއެފްގެ އެއްވެސް އަތެއް މިކަމުގަވާނެ ކަމަށް. އަދި ހަމަ އެހެންމެ މިކަމުގަ މިހާރުވެސް އިންވެސްޓިގޭޝަންތަކެއް ފުލުހުން އެގެންދަނީ ހަމަ ސިފައިނާއިވެސް ގުޅިގެން." ޝަމާލް ވިދާޅުވިއެވެ.

ސިފައިންނަކީ މިފަދަ ކަންކަމުން ރައްޔިތުން ސަލާމަތް ކުރަން ތިބޭ ބައެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އެހެން ކަމުން އެމްއެންޑީއެފްގެ ތެރެއިން އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ އެއްވެސް ކަމެއްގެ "އިންޑިކޭޝަން" ވެސް ފެންނަން ނެތް ކަމަށް ޝަމާލް ފާހަގަ ކުރެއްވިއެވެ. 

މި ސުވާލު މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނަށްވެސް އަމާޒުކޮށްފައިވާއިރު، ފުލުހުން ވަނީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ސިފައިން ބައިވެރިވާކަމަށް އަދި ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް