ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ދިވެހިންނަށް އަނެއްކާވެސް ކޮވިޑް ބަލިކުރެވޭނެ: ޑރ. މައުސޫމް
ދިވެހިންނަށް އަނެއްކާވެސް މިދިޔަ އަހަރު ކުރި ފަދައިން ކޮވިޑް-19ގެ ވަބާ ބަލިކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަށް ޑރ. މައުސޫމް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑް-19 ގެ ކަންތައް އެހާބޮޑަށް ގޯސް ވެފައިވި ކަމުގައިވީނަމަސް، މިދިޔަ އަހަރުގައިވެސް ކޮންޓްރޯލް ކުރެވުނު ގޮތަށް، ހުރިހާ އާއްމުންނާއި އެހެނިހެން ފަރާތް ތަކުން ފަރުދީ ޒިންމާ އަދާކޮށްފިނަމަ، އަނެއްކާވެސް ކޮވިޑް ކޮންޓްރޯލް ކުރެެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ވޭތުވަމުންދަނީ ރޯދަމަސް ކަމަށް ވުމާއެކު، މިމަހުގައި ދިވެހިންގެ އާދަކާދަތައް ހުންނަ ގޮތުން، ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ދިމާވެގެން ދާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

އަދި އެއާއެކު، ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އެހެން ގައުމުތަކުން ރާއްޖެއާއި މެދު ދެކޭ ނަޒަރުތަކަށް ބަދަލު އަންނަ ކަމާއި އެކަމާމެދު ހިތާމަ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. 

އަދި އެއާއެކު، އޭޕްރީލް މަހަަށް އުންމީދު ކޮށްގެން ހުރި އަދަދަށް ފަތުރުވެރިން ރާއްޖެ އައިސްފައި ނުވާކަމަށާއި އޭގެ ސަބަބުން ޖުލައި މަހާ ޖެހެންދެން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުއްމީދު ކުރެވިފައިވާ އަދަދު ދޫކޮށްލަން ޖެހުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ވުމުގެ ސަބަބުންވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށް ވަމުންދާ ކަމަށާއި އަދި އުއްމީދު ކޮށްގެން ހުރި ޔޫރަޕްގެ ގައުމުތަކުންވެސް ރާއްޖެއާ މެދު ދެކޭ ގޮތް ތަފާތުވާތީ އެ އުއްމީދުވެސް ދޫކޮށްލަން ޖެހުނު ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް