ads
ޔޫކޭގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ---
ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޔޫކޭއަށް އެތެރެވުން މަނާކޮށްފި
ކޮވިޑް 19 އާ ގުޅިގެން އިނގިރޭސިވިލާތައް އެތެރެވުން މަނާކޮށް ގައުމުގެތަކުގެ ލިސްޓް "ރެޑް ލިސްޓް"ގައި ރާއްޖެ ހިމަނާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން އެގައުމަށް އެތެރެވުން މަނާކޮށްފި އެވެ.
Advertisement

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުން "ރެޑް ލިސްޓް" ކުރާ ގައުމުތަކުން އެގައުމަށް އެތެރެވުން މަނާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތައް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި 12 މޭ އިން ފެށިގެން ރާއްޖެ ހިމެނުމަށް އެގައުމުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރަށްވެހިކަމުގެ ހައްގު ލިބިފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތައް އިނގިރޭސިވިލާތަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައިވާނަމަ އިނގިރޭސިވިލާތައް އެތެރެވުން މަނާވާނެއެވެ.

އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ އެ ގައުމަށް އެތެރެވުމަށް ފަހު އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓިނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި ކަރަންޓީނުގެ ދެވަނަ ދުވަހާއި އަށްވަނަ ދުވަހު ކޮވިޑު ޓެސްޓް ހަދަންޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ އަންގާފައެވެ. 

ނަމަވެސް މި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވާ ކަަމަށާއި އެހެންކަމުން ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކޮށް، އިނގިރޭސިވިލާތައް ދަތުރުކުރާ ދިވެހިން އެކަންކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމެނުމަށް އެގައުމުން ނިންމާފައިމިވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ރާއްޖޭގައި ރިކޯޑު އަދަދަކަށް ކޮވިޑް ކޭސްތައް އިތުރުވެ ބަލީގައި މަރުވާ މީހުންވެސް ދުވާލެއްގެ މައްޗަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 83 މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ 72 ގަޑިއިރު ތެރޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12 މީހުން މަރުވެފަ އެވެ. ކޮވިޑަށް ޕްޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 600 އިންމަތީގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް