އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާންމު ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިފައިވާ ބާރުގެ ދަށުން ވަކިގޮތެއް އަންގަންދެން ދެކުނު އޭ ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދިޔުން މަނާވާނެ ކަމަށެވެ.
އަދި ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ވޯކް ޕާމިޓް ހޯލްޑަރުން ވެސް ރާއްޖެ އެތެރެވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
އެހެންނަމަވެސް ހާއްސަ ހާލަތްތަކުގައި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތަ ކަނޑައަޅާ އުސޫލުގެ މަތިން އަމަލުކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އަލަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތާއި ހާލަތައް ރިއާޔަތްކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނީ ފުލުހުންގެ ހިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށްވެސް ބުނެފައިވެއެވެ.
ގެނެވުނު އާ ބަދަލާއެދު އެ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.