ads
މިހާރު ކުރިއަށްދާ ޕޮލިސް ޕްރެސްގެ ތެރެއިން
ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެނިއްޖެ: ޕީޖީ ޝަމީމް
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިޒަމް ހަމަލާގައި މިހާތަނަށް ހޯދުނު ހޯދުންތަކުން ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެނިފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައާއި ހަރުކަށި ފިކުރާ ކޮންމެވެސް ވަރަކަށް ގުޅުމެއް ވީނަމަވެސް އެ ހާދިސާއާ ގުޅޭ އެހެން ސަބަބުތައްވެސް އެބަހުރި ކަމަށެވެ.  

ޝަމީމް ވިދާޅުވީ ބޮން ގޮއްވާލި މައްސަލާގައި ހަރުކަށި ފިކުރުގެ ލިންކުތަކެއް ހުރިކަމަށް ބެލެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ސީދާ ސަބަބު އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ. 

އެގޮތުން ނަޝީދަށް ހަމަލާދިން މައްސަލައިގައި މިއަދު ހައްޔަރުކުރި ދެމީހުންނަކީވެސް ހަރުކަށިފިކުރުގެ ވިސްނުން ގެންގުޅޭ ދެމީހުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމީހުން މަސައްކަތް ކުރަނީ ސީދާ ކޮން ޓެރަރިސްޓް ޖަމާއަތަކަށް ކަން އަދި ދެނެގަނެވިފައި ނުވާކަމަށެވެ.

ފާޅުގައި މީހުން މެރުމަށް ޖެހިލުން ނުވާ ހަރުކަށި ފިކުރުގެ 1300 އެއްހާ މީހުން ރާއްޖޭގައި އުޅޭކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް