ads
މަހުލޫފް ވިދާޅުވީ ޓީމް ޖެހޭނީ ވަގުތުން ފުރަން ކަމަށް ފޮޓޯ:---
އިންޑިއާ ޓީމު ޖެހޭނީ ވަގުތުން ރާއްޖެ ދޫކޮށް ފުރަން: މަހްލޫފް
ބެންގަލޫރު އެފްސީ ޓީމު، އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެއްޖެ ކަމަށާއި އެ ޓީމު ޖެހޭނީ ވަގުތުން ރާއްޖޭން ފުރައިގެންދާން ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މަހުލޫފު މިހެން ވިދާޅުވީ، އެއްގޮތަކަށްވެސް ބޭރަށް ނުނުކުމެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ބެންގަލޫރު އެފްސީގެ ޓީމުގެ ކުޅުންތެރިން ހޮނިހިރު ދުވަހު ހަވީރު މަގުމަތީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއާއި އެކު ސީއެންއެމުން ރިޕޯޓްކުރި ޚަބަރާއެކު ކުރެއްވި ޓްވީޓެއްގައެވެ.
Advertisement

މަހްލޫފު ވިދާޅުވީ ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބެންގަލޫރު އެފްސީ ޓީމު ޖެހޭނީ ވަގުތުން ފުރައިގެން ދާން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ބެންގަލޫރު އެފްސީގެ ކުޅުންތެރިންގެ މި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެ މީހުންވަނީ އެޗްޕީއޭ އަދި އޭއެފްސީގެ އުސޫލުތަކާ ޚިލާފުވެފައި. އެ މީހުން ޖެހޭނީ ވަގުތުން ފުރައިގެން ދާން.

ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އޭއެއެފްސީ ކަޕުގެ މެޗަށް ބެންގަލޫރު އެފްސީ މާލެ އައިއިރު، މާލޭގެ ހާލަތު އިންތިހާއަށް ގޯސްވެ، މާލޭގައި އޮތީ ކާފިއު ހިންގާފައެވެ. މި ދަނޑިވަޅުގައި އޭއެފްސީ މެޗުތައް ކުޅޭތީ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު ކުޅިވަރު ވަޒީރު ވިދާޅުވެފައިވަނީ މެޗުތަކާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްދާނީ ސަލަމާތީގޮތުން އެންމެ ފުރިހަމަ ފިޔަވަޅުތަކާ އެކުކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކަށްވެސް އެއްވެސް އޮފިޝަލަކަށްވެސް ޓީމު ތިބޭ ހޮޓަލުން ބޭރަށް އެއްވެސް ކަމަކު ނުދެވޭނެ ކަމަށް މަހުލޫފު ކުރިން ވިދާޅުވިއެވެ.

އެންމެން އެއް ހޮޓަލަށް ވަންނާނެ، އެތަނުން ނުވެސް ނުކުމެވޭނެ، ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ އިނގޭތޯ. އަދި ވަނުމުގެ ކުރިން މި އެންމެން ޕީސީއާރު ޓެސްޓް ހަދާނެ. އަދި އެއަށްވުރެ އޭއެފްސީގެ ގައިޑްލައިން ސްޓްރިކްޓް އިނގޭތޯ. މި ހަމަ އެއް ބަބްލްއެއްގެ ތެރޭގައި ހިނގާނެ ކަމެކޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ ހަމަ މިކަން ނިމިގެންދާއިރުވެސް ވަރަށް ސަލާމަތާ ރައްކާތެރިކަމާ އެކު ކުރެވިގެންދާނެ ކަމެއްކަން.

ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ހުކުރު ދުވަހު މާލެ އައި ބެންގަލޫރު ޓީމުގެ ކުޅުންތެރިން، އިންޑިޔާއިން އަންނަ އެހެން މީހުންނާ ޚިލާފަށް ކަރަންޓީނު ވާކަށްވެސް ނުޖެހެއެވެ. މިކަމާވެސް އެތައް ބަޔަކު އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.

ބެންގަލޫރު ޓީމު ހުކުރު ދުވަހު ހަވީރު މާލެ އައިސް ކުޅުންތެރިން ޓީމުގެ ބަހުން ފޭބިއިރު އެއް ކުޅުންތެރިއަކު މާސްކު ނާޅާ ހުރި މަންޒަރުވެސްވަނީ ފެނިފައެވެ. ބެންގަލޫރު ކުޅުންތެރިންނާ އެކު އެ ބަހުގައި ބައެއް ދިވެހިންވެސްއަވެ. އަދި އެ ކުޅުންތެރިން ގޮވައިގެން ދަތުރު ކުރި ބަހުގެ ޑްރައިވަރުވެސް ކުޅުންތެރިން ހޮޓަލަށް ބޭލުމަށް ފަހުވަނީ އާއްމުންގެ ތެރެއަށް ގޮސްފައެވެ.

74%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް