ads
ޖޯކާ ސިޑި ބަރީގައި ނަށާ ސީން--
ޖޯކާގެ ސިޑި ބަރި މަގުބޫލުވެ، ބޮޑު ޓޫރިސްޓް ސައިޓަކަށް!
"ޖޯކާ" ފިލްމުގެ ސީނަކުން ފެނިގެން ދިޔަ ސިޑި ބަރިއެއްގެ މަގުބޫލުކަން ބޮޑުވެ، އެތަން ޓޫރިސްޓުން ޖަމާވެ ފޮޓޯ ނަގާ ތަނަކަށް ބަދަލުވެއްޖެ އެވެ.
"ޖޯކާ" ފިލްމުގެ ސީނަކުން ފެނިގެން ދިޔަ ސިޑި ބަރިއެއްގެ މަގުބޫލުކަން ބޮޑުވެ، އެތަން ޓޫރިސްޓުން ޖަމާވެ ފޮޓޯ ނަގާ ތަނަކަށް ބަދަލުވެއްޖެ އެވެ.

މިމަހުގެ ކުރީކޮޅު ނެރުނު ފިލްމުގައި ފެންނަ ނިއު ޔޯކުގެ އެ ސިޑި ބަރިއަށް ގޮސް، ގިނަ ބަޔަކު ދަނީ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.

އެ ސިޑި ބަރިއަކީ "ޖޯކާ" ގެ ރޯލު ކުޅޭ ޔޯކިން ފީނިކްސް ފިލްމުގައި ނަށަމުން ފައިބާ މަންޒަރު ކުޅެފައިވާ ސިޑި ބަރި އެވެ. އެ ސީން މަގްބޫލުވެގެން ގޮސް، މިހާރު އެ ސިޑި ބަރި ވެސް މި ވަނީ މަގުބޫލުވެފަ އެވެ.

View this post on Instagram

Why so serious? 🙃

A post shared by jennapolignone (@jennapolignone) on





"ޖޯކާ" ފިލްމު ވަނީ ބޮކްސް އޮފީސް ރިކޯޑުތައް މުގުރާލާފަ އެވެ. އެ ފިލްމު ހުޅުވުމާއެކު ވަނީ 96 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ އޮކްޓޯބަރު މަހުގެ ތެރޭގައި ނެރުނު ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.

މިދިޔަ ހަފްތާ ބަންދު ނިމުނުއިރު، ފިލްމަށް ވަނީ ޖުމްލަ 543 މިލިއަން ޑޮލަރު ލިބިފަ އެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ވެސް ވަނީ ވެނިސް ފިލްމް ފެސްޓިވަލުގެ އެންމެ މަތީ އެވޯޑު ލިބިފަ އެވެ. އެހެންވެ، އޮސްކާ އެވޯޑު ލިބުން އެންމެ ގާތީ އެ ފިލްމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް