ads
އިންތިހާބުގެ ތެރެއިން ---
އިންތިޚާބީ ޝަކުވާގެ މައްސަލަތައް މާދަމާ ހައިކޯޓުގައި ފަށަނީ
މިދިޔަ އޭޕްރީލް މަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ހުށަހެޅުނު އިންތިޚާބީ ޝަކުވާގެ މައްސަލަތައް މާދަމާ ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ހައިކޯޓުން އާއްމުކޮށްފައިވާ އެ ކޯޓުގެ ޝެޑިއުލްގައިވާ ގޮތުން މާދަމާ، އިންތިޚާބީ ޝަކުވާގެ ހަތަރު މައްސަލަ އޮންނާނެއެވެ. މައްސަލަތައް އޮންނާނީ މާދަމާ މެންދުރު ފަހު އެކަކުން ފެށިގެން ކަމަށް ހައިކޯޓުގެ ޝެޑިއުލުން ދައްކައެވެ.  

އިންތިޚާބީ ޝަކުވާގެ ޖުމުލަ ފަނަރަ މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ހަ މައްސަލައެއް ހައިކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ކޯޓުން ކުރިން ވަނީ ބުނެފައެވެ. ހައިކޯޓަށް ބަލައިގަނެފައިވާ މައްސަލަތަކުގެ ތެރެއިން މާދަމާއަށް ތާވަލުކޮށްފައިވާ މައްސަލަަތަކަކީ ހއ. ފިއްލަދޫ، ކ. ތުލުސްދޫ، ތ. ކަނޑޫދޫ އަދި ލ. މާބައިދޫގެ އިންތިޚާބާ ގުޅޭ މައްސަލަތަކެވެ. އަނެއް ދެ ދާއިރާއަކީ ކޮން ދެ ދާއިރާއެއް ކަމެއް ސާފެއް ނުވެއެވެ. 

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ނިންމުމަށް ހައިކޯޓަށް ލިބޭނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން ތިރީސް ދުވަހުގެ މުއްދަތެކެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް