ads
މަބްރޫކް---
ލޮކްޑައުންއަކަށް ދާން އަދި ނުނިންމަން: މަބްރޫކް
ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރަން ނުނިންމާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ދެ ހަފްތާގެ މުއްދަތަކަށް މާލެ ސަރަހައްދު ފުރަބަންދު ކުރަން ނިންމާފައިވާ ކަމަށް ފެތުރޭ ވާހަކަ އަކާއި ގުޅިގެން "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނުނިންމާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މިރޭގެ ވަގުތެއްގައި، ކޮވިޑްގެ ހާލަތާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިރޭ އެޗްއީއޯސީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، އެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވާ އިރު، އިއްޔެވެސް ރާއްޖޭގައި 1000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އަދި އެކްޓިވް ކޭސްތައް 9000 އިން މަތީގައި އުޅޭއިރު، ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އުޅެނީ 250 ގައި ކަމަށް އެޗްޕީއޭއިން ރޭ އާންމު ކޮށްފައިވެއެވެ. 

55%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް