ads
ކައުންސިލަރުން ހުވާ ކުރުން ކުރިއަށްދާނީ އޮންލައިންކޮށް: އެލްޖީއޭ
ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށާއި ހުވާކުރާ ތާރީހަކަށް ބަދަލެއް ނާންނާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، އެ އޮތޯރިޓީން ކުރިންވެސް ނިންމާފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ހުވާކުރުން ގެންދާނީ އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތު ރަނގަޅުވާނީ ސީދާ ކޮން ދުވަހަކުން ކަމެއް ބުނާކަށް ނޭންގޭ ކަމަށާއި އެހެންކަމުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށް ހުވާކުރުން ޝަރީފް ވިދާޅުވިއެވެ.

“ކައުންސިލަރުން ހުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެރަށެއްގެ ކައުންސިލްގެ އިދާރާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން.”ޝަރީފް ވިދާޅުވި އެވެ.

.

ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުން ހުވާކުރާއިރު ހުވާލައިދޭ ފަނޑިޔާރު ރަސްމިއްޔާތުގައި ބައިވެރިވާނީވެސް އޮންލައިންކޮށް ކަމަށާއި އިންތިހާބުވި ރަށް ނުވަތަ ދާއިރާގައި ނެތް ކައުންސިލަރުންވެސް ހުވާކުރުމުގައި ބައިވެރިވާނީ އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް