ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ (ޑީޑީއެލްޖޭ) އަށް އިއްޔެ 24 އަހަރު ފުރިފައިވާއިރު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާޖޮލްގެ އެދުވަސްވަރުގެ ހަނދާންތައް އާކޮށްލައިފިއެވެ.

Advertisement
ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ (ޑީޑީއެލްޖޭ) އަށް އިއްޔެ 24 އަހަރު ފުރިފައި ވާއިރު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާޖޮލްގެ އެދުވަސްވަރުގެ ހަނދާންތައް އާކޮށްލައިފި އެވެ.
ޓްވިޓާ މެދުވެރިކޮށް ކާޖޮލް ހިއްސާކުރި ވީޑިއޯއިން އޭނާ ފެނިގެން ދަނީ (ޑީޑީއެލްޖޭ) ގައި އޭނާ ފެނިގެންދިޔަ ކެރެކްޓަރުންނެވެ. އެގޮތުން އައިނެއް އަޅާ، ފޮތެއް ކިޔަން އިން ކުޑަ ވީޑިއޯ ހިއްސާކޮށް ކާޖޮލް ބުނީ އަދިވެސް އައިނު އަޅާ ކަމަށެވެ. އަދި 24 އަހަރު ފަހުން ވެސް ވާހަކަ ކިޔަނީ ކަމަށެވެ.
ޑީޑީއެލްޖޭ އަކީ 1995 ވަނަ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމެވެ. ފިލްމުގައި ކާޖޮލް އާއެކު ލީޑު ރޯލުން ފެނިގެން ދިޔައީ ޝާހު ރުކް ހާން އެވެ. އެ ފިލްމަށް ގިނަ އެވޯޑުތަކެއް ލިބިގެން ދިޔައިރު އެ ފިލްމުގެ ލަވަތައް އަދި އަޑުއަހާ ފޫހި ނުވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އަދިތިޔާ ޗޯޕްރާ ޑައިރެކްޓު ކުރި އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ. އެ ފިލްމަކީ މިހާރު ވެސް ސިނަމާތަކުގައި ވަރަށް ހިނގާ ފިލްމެކެވެ.