ރައީސް މައުމޫން ހަނދާއި ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ރާއްޖެއަށް އިރު އޮއްސުމުގެ 14 މިނެޓު ކުރިން، ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އެހެން އެކަން މެދުވެރިވުމާއި އެކު މިރޭ ރާއްޖެއަށް ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ނޯންނާނެ ކަަމަށެވެ.
މިރޭ ހަނދު ފެނިއްޖެނަމަ މާދަމަ ވާނީ ފިރުތު އީދު ދުވަހަށެވެ. ނަމަވެސް މިރޭ ހަނދު ނުފެނިއްޖެނަމަ މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ފިތުރު އީދު ދުވަހަކަށް ވާނީ މޭއި 13 ވާ ބުރާސްފަތި ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް19ގެ ހާލަތަށް ބެލުމަށްފަހު، މާލެ ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.