ads
ސިވިލް ސާވިސް ކޮމިޝަން ހިންގަމުން ގެންދާ ވެލާނާ ބިލްޑިން
ޓެރަރިޒަމަށް ހިތްވަރު ދޭ ސިވިލް ސާވަންޓުންނާ މެދު ފިޔަވަޅު އަޅަނީ
ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސީއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް ކަމެއް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ. 

އަދި އެ އެންގުމާ ހިލާފިވާ މުވަައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާނެ ކަމަށް ސީއެސްސީން ބުނެ އެވެ.

ފުލުހުން ވެސް ވަނީ ޓެރަރިޒަމްގެ އެއްވެސް އަމަލަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ބޮޑު ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ. އެ ހަމަލާގައި ނަޝީދާ އެކު އާންމުންގެ ބަޔަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް