ads
މަބްރޫކް---
ލޮކްޑައުންއަކަށް ގޮސްދާނެ ކަމަށް އެޗްޕީއޭއިން ތައްޔާރު ވަނީ
ލޮކްޑައުންގެ ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، އެފަދަ ހާލަތަކަށް އެޗްޕީއޭއިން ތައްޔާރުވާން ފަށައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
Advertisement

މަބްރޫކު މިހެން ވިދާޅުވެފައިވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑާއި ގުޅިގެން ސަރުކާރުން އެޅުމަށް ނިންމާފައިވާ އިތުރު ފިޔަވަޅުތައް އާންމު ކުރުމަށް ފަހު އެވެ. 

އެގޮތުން މިއަދު އެޗްޕީއޭއިން އިއުލާނު ކުރި ފިޔަވަޅުތަކުގެ އިތުރުން ދެ ނިންމުމެއް ނިންމާފައިވާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި މަބްރޫކު ފާހަގަ ކުރެއްވީ، ފުލުހުންގެ "އެންފޯސްމަންޓު"ގެ ކަންކަން ވަރުގަދަ ކުރުމަށް ނިންމާފައިވާ ނިންމުމެވެ. 

އެގޮތުން މަގުތަށް ބަލަހައްޓަން ތިބޭ ފުލުހުންގެ އަދަދުތައް އިތުރު ކުރުމަށް ނިންމާފައިވާކަން މަބްރޫކު ވިދާޅުވި އެވެ. އަދި މިހާރަށްވުރެ ކަންކަން ރަނގަޅަށް ދޭތޯ ބެލުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް މަބްރޫކު ފާހަގަ ކުރެއްވި އެވެ.

ދެވަނަ ކަމަކަށް މަބްރޫކު ވިދާޅުވީ މިހާރުން ފެށިގެން، ލޮކްޑައުންގެ ހާލަތަކަށް ރާއްޖެ ހިނގައިދާނެ ކަމަށް އެޗްޕީއޭއިން ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.

"ދެވަނައަށް ނިންމިފައި އޮތް ނިންމުމަކީ، މިހާރުން ފެށިގެން، ލޮކްޑައުންގެ ހާލަތަކަށް ރާއްޖެ ގޮސްދާނެކަމަށް، ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކާ، އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ، އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ އެ މަސައްކަތް ފައްޓާފައި" މަބްރޫކު ވިދާޅުވިއެވެ.

މީގެ ކުރިން އެޗްއީއޯސީގެ ފަރާތުން ޑޮކްޓަރު، ޑރ. އަހުމަދު ޝަހީދު ވެސް ވަނީ އިތުރު ލޮކްޑައުންއަކަށް ދާން ޖެހިދާނެކަން ފާހަގަ ކުރައްވާފައެވެ. މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކުވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުކުރެވޭނަމަ ލޮކްޑައުންއަކަށް ދިއުން އެކަށީގެންވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަކަން ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް