ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
އެއްވެސް އިރެއްގައި ޝަމީމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއެއް ނުލިބޭ: ޕީޖީ
އެއްވެސް އިރެއްގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުން ހުރި ފައިސާއެއް ލިބިފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެއްވެސް އިރެއްގައި ޕީޖީ ޝަމީމަށް ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިނުވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް އެމްއެމްޕީޢާރުސީ ހިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނެ ނޫހަކުން ރިޕޯޓު ކޮށްފައިވާ ހަބަރަށްވެސް ޝަފީއު ރައްދު ދެއްވާފައިވެއެވެ.

ޝަފީއު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރި ފައިސާ ޕީޖީ ޝަމީމަށް ލިބިވަޑައިގެންނެވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއް ކަމަށެވެ. 

އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕީޖީ ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔަގީންކަން ޝަފީއު ދެއްވި އެވެ. 

އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ އިިތުރު މައުލޫމާތުތަކެއް ލީކުވެފައިވާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައްކަމުންނެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް