ads
ޕީޖީ ހުސައިން ޝަމީމް--
ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތައް، ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓެއް ލީކުވެފައިވާއިރު، މި ލިސްޓުގައި ޝަމީމްގެ ނަން ހިމެނޭ ކަމަށްބުނެ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މިކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓުވީޓެއްގައި ޝަމީމް ވަނީ އޭނާއަށް އެ ތުހުމަތުކޮށް، އެންމެ ފުރަތަމަ އެ ހަބަރު ލިޔުން ނޫހުގެ އެތިކްސްއަށް ފާޑު ވިދާޅުވެފައެވެ. 

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާ އެންމެ ގިނަ އިން ޖަމާވި އެސްއޯއެފް ކުންފުނީގެ މެޖޯރިޓީ ހިއްސާދާރެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް، މޮހޯ ގެ ފަރާތުން ޝަމީމަށް ފައިސާ ލިބުން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެއްވެސް މީހެއްގެ އަތުން އޭނާއަށް ފައިސާ ލިބިފައި ނުވާ ކަމަށެވެ. 

މިކަމާ ގުޅިގެން ރޭގެ ވަގުތެއްގައި ޕީޖީ އޮފީހުންވެސް ވަނީ ޝަމީމަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ، އެގޮތުން އެއްވެސް އިރެއްގައި ޝަމީމަށް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުން ހުރި ފައިސާއެއް ލިބިފައި ނުވާ ކަމަށާއި، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރި ފައިސާ ޕީޖީ ޝަމީމަށް ލިބިވަޑައިގެންނެވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއް ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ރޭގެ ވަގުތެއްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޕީޖީ ޝަމީމްގެ އިތުރުން، ޕީޖީ އޮފީހަށްވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން މިފަދަ، ޕީޖީގެ އަމިއްލަ މައްސަލައެއްގައި ޕީޖީ ދިފާއުކޮށް އެ އޮފީހުން ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް