ads
އަލީ ނިޒާރު ޖަލްސާއެއްްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އައްޑޫލައިވް
ހިޔާނާތުގެ ލިސްޓުގައި އައްޑޫ ސިޓީގެ އިންްތިހާބީ މޭޔަރު ނިޒާރުގެ ނަން
މިއަދު ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުގެ ނަން ހިމެނިއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން އާންމު ކުރި ލިސްޓުތަކުގައި  އޭރު ފައިސާ ލިބުނު މަޖިލީހުގެ މެމްބަރުންގެ ތެރޭގައި އޭރު  ހިތަދޫ ދެކުނު ދާއިރާ މެމްބަރު އަދި މިހާރު އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުގެ ނަން ހިމެނެ އެވެ. އޭނާގެ ނަން ހިމެނެނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވެ ނުވަތަ ހިޔާނާތުން މަންފާ ލިބުނު ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާ ކުރަމުންދާ 119 މީހުންގެ ލިސްޓުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން އަލީ ނިޒާރުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. 

އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ލިބުނު އަދަދެއް ހާމަކޮށްފައި ނުވި ނަމަވެސް ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ލިސްޓުގައި ހާމަކޮށްފައިވެއެވެ.  

ނިމިދިޔަ ހަފްތާގެ ބްރާސްފަތި އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެމްއެމްޕީއާރުސީ ލިސްޓަށް އެއްވެސް އުނި އިތުރުކަމެއް ގެނެސްފައި ނުވާނެ ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރު އީވާ އަބްދުﷲ ވިދާޅުވެފައިވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް