 
                                                                                                
                    މީކާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާގުގެ ލިސްޓުގައި ހިމެނޭ ހުރިހާ ސަރުކާރު މުވައްޒަފުން އެމީހުންގެ މަގާމުން ވަގުތުން ވަގުތަށް ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހަށް ގޮވާލާ ކަމަށެވެ.
މީކާއީލް ވަނީ ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހިޔާނާތު ބައިވެރިންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަން، ޕީޖީ އަދި ކޯޓުތުން އަވަހަށް މައްސަލަ ބަލާ އަދަބު ދިނުމަށް ވެސް މީކާއީލް ގޮވާލައްވާފައި ވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން އެމް.އެމް.ޕީ.އާރު.ސީ މައްސަލާގައި ހިމެނޭ 281 މީހުންގެ ނަމާއި އެކު ކޮމިޓީ ރިޕޯޓް ވަނީ އާންމު ކޮށްފަ އެވެ. އެ ރިޕޯޓުގައި ސަރުކާރުގެ އިސްވަޒީފާތަކުގައި މަސައްކަތް ކުރާ ގިނަ ބޭފުޅުންގެ ނަން ހިމެނެ އެވެ.