ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ސޯލިހް--
އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގެ އިންޒާރު ރައީސް ދެއްވައިފި
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެ ކަމުގެ އިންޒާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެެވެ.
Advertisement

ނިމިގެން މިދިޔަ ބަރަކާތްތެރި ރަމަޟާން މަހަށްފަހު މި ބައްދަލުކުރި ފިތުރު ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރުމަށް ރައީސް ސޯލިހް މިއަދު ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ފިތުރު އީދު ދުވަހާ ބައްދަލުކުރިއިރު، އީދުގެ އުފާތަކަށް އެޅިފައިވާ ހުރަހަކީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާއި، މިބަލިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބޭއްވުނު ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލުމުގެ ސަބަބުން، ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށްދިޔަ ނަމަވެސް އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުކަަމަށެވެ.

ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިގްތިޞާދީ ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީވެސް ރާއްޖެކަން ފާހަގަކުރަމުން ރައީސް ސޯލިހް ވިދާޅުވީ، ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ފަށާފައި ވިޔަސް، އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނުކަން ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެވެ. އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މި ފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރުކަަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެކަމަށާއި އިތުރު ފިޔަވަޅުތައްވެސް އަޅަންޖެހިދާނެކަމުގެ އިންޒާޖރު ރައީސް ވަނީ ދެއްވާފައެވެ.

" މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފަ. މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ."ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ފިޔަވަޅުތައް ތަންފީޒުކުރަންޖެހެނީ އަމިއްލަ ސިއްހަތަށްޓަކައި އެކަނި ނޫން ކަމަށާއި އެކަން ކުރަންޖެހެނީ މުޅިމުޖުތަމައުގެ ރައްކަލަށްޓަކައި ކަމަށެވެ. އަދިވެސް ވަގުތު ފާއިތުނުވާ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާއަށްވުރެ މުހިންމުދައުރެއް އަދާކުރާ އެހެން އެއްވެސް ކަމެއް ނުވާ ކަމަށެވެ.

"މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު ފެންނާނެ ކަމަށެެވެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތްކަންވެސް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

އަދި ގައުމީ ހިދުމަތެއްގެ ގޮތުގައި، އާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ސިއްހީ ހިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޮވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވަނީ ވަރަށް މަތިވެރި ޤުރްބާނީއެއްކަމަށާއި މިދިޔަ ރަމަޟާން މަހުވެސް، ރެޔާއި ދުވާލުގެ ގިނަ ވަގުތުތައް އެބޭފުޅުން ހޭދަކުރެއްވީ، ކޯވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ކަން ފާހަގަކުރައްވާ ރައީސް ވަނީ އެބޭފުޅުންނަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް