ads
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތީގައި އުޅަނދުތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ވީނިއުސް
ދެކުނުގެ ރަށްތަކަށް އޮރެންޖު އެލާޓް ނެރެފި
މޫސުން ގޯސްވެ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އެލާޓް ނެރެފިއެވެ.

މެޓުން ބުނީ މިރޭ 21:30 އިން ފެށިގެން މެންދަމު 23:30 އާ ހަމައަށް އެ ދެ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުނާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ވިލާގަނޑުގައި ގަނޑިއަކު 50 މޭލަށް ވައި ގަދަވުމާއެކު ކަނޑުތަށް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ. އަދި އެ ދެ ސިޓީގެ ރަށްތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް ފަސް ދުވަހުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ، ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް