ads
އަދާ ހާން
އަދާ ހާންގެ އުމުރު އެނގޭތަ؟
ހިންދީ އެކި ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލު ކަމާއި ލޯބި ހޯދައިފައިވާ އަދާ ހާން އަކީ ބަލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މޫނެކެވެ.

އަދާ އޭނާގެ އުމުރުން 18 އަހަރުގައި 2007 ގައި ކޯލް ސެންޓަރަކުން މަސައްކަތް ކުރަން ފެށި އެވެ. އަބަދުވެސް އެކްޓިންގެ މަސައްކަތް ކުރާ ހިތްވާތީ އަދާ އޭނާގެ އަމިއްލަ ހިތްވަރާއި މިންނަތުން މިއަދު ވަނީ ނަން މަޝްހޫރު ބަތަލާއަކަށް ވެފަ އެވެ.

އަދާގެ މައުސޫމް މޫނާއި އޭނާގެ ރީތިކަމަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ. އަދާ ވަނީ އޭނާގެ 32 ވަނަ އުފަން ދުވަސް މިއަދު ފާހަގަކޮށްފަ އެވެ.

އިންޑިއާގައި ލޮކްޑައުން ކޮށްފައިވުމުން މާބޮޑު ސެލެބްރޭޝަނެއް ނުކުރެވުނު ނަމަވެސް އަދާ އޭނާގެ އާއިލާއާ އެކުގައި ވަނީ ކޭކު ފަޅާފަ އެެވެ. އަދި އޭނާ އާއިލާއާއި އެކުގައި ސަކަރާތް ޖަހާ މަންޒަރުވެސް އަދާ ވަނީ އިންސްޓާގްރާމްގައި ހިއްސާކޮށްފަ އެވެ.

އަދާ ހާން އަކީ މަޝްހޫރު ސީރީޒްއެއް ކަމަށްވާ ނާގިން އަދި އެހެން އެތައް ސީރީޒްތަކުން ބެލުންތެރިންގެ ހިތްތައް އަތުލައިފައިވާ މޮޅު ބަތޮލާއެކެވެ.

އަދާ ހާން ވަނީ ވަރަށް ފަހުން ރާއްޖެއަށް ވެސް އައިސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް