ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރިފި
މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓުން ބުނީ މިރޭ މެންދަމު 22:00 އިން ފެށިގެން ފަތިހު 04:00 ކާ ހަމައަށް އެ ދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުނާނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.

ވިލާގަނޑުގައި ގަނޑިއަކު 55 މޭލަށް ވައި ގަދަވުމާއެކު ކަނޑުތަށް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.


މެޓުން ވަނީ ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް އޮރެންގެ އެލާޓް ވެސް ނެރިފަ އެވެ. އަދި މޫސުމަށް ސަމާލުވުމަށް ވެސް މެޓުން އިލްތިމާޒު ކުރެ އެވެ.

މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް ފަސް ދުވަހުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ، ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް