އެމެރިކާގެ މަޝްހޫރު ޝޯއެއް ކަމުގައިވާ އެކްސް ފެކްޓާއިން ޒައިން ބެލުންތެރިންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. މިހާރު ޒައިންއަށް 28 އަހަރު ފުރިފައިވާއިރު އޭނާ ވަނީ ބައްޕައަކަށް ވެފަ އެވެ.
ޒައިންގެ ސަޕޯޓަރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެމުން ދާއިރުގައި އޭނާގެ ފުރިހަމަނަން އެނގެނީ މަދު ބަޔަކަށެވެ. ޒައިން ގެ ފުރިހަމަ ނަމަކީ ޒައިން ޖަވާދް މަލިކް އެވެ.
ޒައިންނަށް އޭނާގެ އަލަތު އަންހެން ދަރިފުޅު ލިބިފައިވަނީ ލޯބިވެރިއާ ޖީޖީއާއި އެކުގައި މިއަހަރުގެ ފެބްރުވަރީ މަހުގަ އެވެ.