މޫސުން ގޯސްވެ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ އިއްޔެގެ ވަގުތެއްގައި އޮރެންޖު އެލާޓު ނެރެފައެވެ.
މެޓް އޮފީހުން ބުނީ މިއަދުގެ 15:30 އިން 18:30 އަށް ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުގެ ޓުވީޓު
މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް ފަސް ދުވަހުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ، ކަނޑުދަތުރު ކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ.