ads
ވައިކަރަދޫ
ވިއްސާރައިގައި ވައިކަރަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ވައިކަރަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު ސީއެންއެމް އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި 1000 އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމަށެވެ. 

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ވައިކަރަދޫއަށް ދިމާވި މިކާރިސާއާއި ގުޅިގެން ދަނޑުވެރިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަންވެސް ވާފިރު ވަނީ ފާހަގަ ކުރައްވާފައެވެ. 

ވައިކަރަދޫ އަކީ ކޭލުގެ ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށް ކަމަށްވާއިރު، ފޯދިފައިވާ ގަސްތަކުގެ އިތުރުން ގިނަ އަދަދެއްގެ ނިރުތައްވެސް ހަލާކުވެފައިވާ ކަމަށް ވާފިރު ވިދާޅުވިއެވެ. 

ދަނޑުވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކިވަރުގެ ގެއްލުންތައް ވެފައިވާކަން ފާހަގަ ކުރަމުން ވާފިރު ވިދާޅުވީ ބައެއް ގޭގޭގެ ފުރާޅުގެ ބައެއްވެސް ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ކުރި ވިއްސާރައިގައިވެސް ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެކަން ވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއަށް ވެސް ހުށަހަޅާފައި ކަމަށް ވާފިރު ވިދާޅުވިއެވެ. އަދި ފިޝަރީޒް މިނިސްޓްރީން އެދުނު ފަދައިން ލިބުނު ގެއްލުމުގެ ވާހަކަ ޑިޒާސްޓާ މެނޭޖްމަންޓާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށާއި، ނަމަވެސް އެދެެ ހައްލެއް ލިބިފައި ނުވާ ކަމަށްވެސް ވާފިރު ވިދާޅުވިއެވެ. 

މިދިޔަ އަހަރު ކުރި ވިއްސާރައިގައި ވައިކަރަދޫއިން 1300 އަށްވުރެ ގިނަ ގަސް ވަނީ ވެއްޓިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް