ads
ޒަރިޔަންދު--
ގިނައީ މަގާމާއި ހެދި ކަރުދަން ޖެހި، ގޮނޑިތަކުގައި ބަގުޑިބައްދާ މީހުން: ޒަރިޔަންދު
މި ދައުލަތުގެ ވެރިންގެ ގޮތުގައި ގިނައީ މަގާމާ ހެދި މޮޔަވެ، ކަަރުދަންޖެހޭ މީހުން ކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ޗެއާމަން، އިސްމާއިލު ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ، އެމް.އެމް.ޕީ.އާރު.ސީ މައްސަލާގައި އޮޑިޓަރު ޖެނެރަލެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމުން އެކަމަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޒަރިޔަންދުގެ ޓްވީޓުގައި އޭނާ ވިދާޅުވީ ކުރެވޭ ތުހުމަތު ސާބިތު ނުވި ނަމަވެސް، މަގާމުން އިސްތިއުފާދިނުމުގެ ކެރުން ހުރުމުން ޒިޔަތުގެ ހިތްވަރަށް ޝުކުރު ދަންނަވާ ކަމަށެވެ.

މި ޓްވީޓުގައި ދައުލަތުގެ ވެރިންނަށް އަމާޒުކުރައްވާާ ފާޑު ވިދާޅުވަމުން ޒަރިޔަންދު ވިދާޅުވީ ދައުލަތުގެ ވެރިންގެ ގޮތުގައި ގިނައީ މަގާމާ ހެދި މޮޔަވެ، ކަރުދަން ޖެހި، ތުހުމަތު ރައްދުވާ ހާލަތުގައިވެސް ގޮނޑިތަކުގައި ބަގުޑިބައްދާ މީހުން ކަމަަށެވެ. 

ރައްޔިތުންގެ މަޖިލީހުން މި މަހުގެ 12 ވަނަ ދުވަހު އާއްމުކުރި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި 281 މީހެއް ނަން އޮތްއިރު، އެ ލިސްޓާ ގުޅިގެން މިހާތަނަށް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޒިޔަތު އެކަންޏެވެ. އޭނާއަށް ކުރެވުނު ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.  

ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމް ވެސް އަދާ ކުރައްވާފައިވާ ޒަރިޔަންދަކީ މިހާތަނަށް 35 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް