ads
ކައިޒީން
ކައިޒީންގެ ފައިސާ ޖެހި ހެދުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކާއި އެކު ގިނަބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.
Advertisement

ވިންގްސް އޮފް މެކްސިކޯގައި ނަގާފައިވާ އެފޮޓޯތަކުގައި އޭނާ ލައިގެން ހުރީ ބައިވަރު ފައިސާތަކެއް ކުރަހާފައިވާ ހެދުމެކެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބޮޑުވެ، އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ވެސް އާންމުވެފައިވާ މިދުވަސްވަރު އޭނާ މިފޮޓޯތައް ޕޯސްޓު ކުރުމުން އެމްއެމްޕީއާރުސީ ހިޔާނާތާ މިފޮޓޯތަކާވެސް ބައެއް މީހުންދަނީ ގުޅުވަމުންނެވެ. 

އެގޮތުން ކައިޒީންއަށް ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލާރި ލިބިފައިވޭތޯ އަހާ ބައެއް މީހުންވަނީ އޭނާއަށް ޖޯކު ޖަހާފައެވެ. 

މީގެ އިތުރުން އަނެއް ބައެއް ދެކޭ ގޮތުގައި މިދުވަސްވަރާ ދިމާކޮށް ކައިޒީން މިފޮޓޯތައް ޕޯސްޓު ކުރީ "އެޓެންޝަން" ހޯދުމަށެވެ. މިދުވަސްވަރު އެފަދަ ފޮޓޯއެއް ޕޯސްޓު ކުރުމުން އެމްއެމްޕީއާރުސީ މައްސަލައާއި ގިނަބަޔަކު އެފޮޓޯ ގުޅުވާލާނެތާ އެވެ. 

ކައިޒީންގެ އިތުރުންވެސް ގިނަ މޮޑެލްއިން ޕޯސްޓު ކުރާ ފޮޓޯތަކަށް ފާޑުކިޔާ މީހުން ވަކި މަދެއް ނޫނެވެ. އެމީހުންގެ ފޮޓޯތައް ކަމުނުގޮސްގެން ފާޑުކީ ނަމަވެސް ހަމަ އެމީހުން ޕޯސްޓުކުރާ ފޮޓޯތައް ނުބަލާވެސް މިފަދަ މީހުންނަށް ނުތިބެވޭކަން ފާހަގަ ކުރެވެއެވެ. 

50%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް