ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ކުރިން ކަނޑައަޅާފައިވަނީ ތުރުކީގެ އިސްތަންބޫލް ގައެވެ. އެހެންނަމަވެސް ކޮވިޑާ ހެދި އެ ގައުމުގައި މެޗު ކުޅެވެން ނެތުމުން އިންގްލަންޑްގައި ވެސް މެޗު ކުޅެވޭނެތޯ ޔުއެފާއިން ބެލިއެވެ. އެހެންމަވެސް އިނގިރޭސިވިލާތުގައި ވެސް ކޮވިޑުގެ އުސޫލުތައް ހުރި ގޮތުން މެޗު ކުޅެވެން ނެތުމުން ނިންމީ ޕޯޗުގަލްގައި ކުޅޭށެވެ.
ޕޯޗުގަލްގައި ކުޅޭ ފައިނަލް މެޗަށް އިނގިރޭސި ބާރަ ހާސް ސަޕޯޓަރުންނަށް ފުރުސަތު އެބައޮތެވެ. އެއީ ކޮންމެ ޓީމަކަށް ހަ ހާސް ސަޕޯޓަރުންގެ މަގުންނެވެ. އެހެން ނަމަވެސް މެޗު ނިންމާ ގޮތަށް ސަޕޯޓަރުން އެނބުރި ފުރުމަށްވަނީ ޝަރުތު ކޮށްފައެވެ.