ads
ފުލުހުން ބާޒާރުމަތީ ހަރަކާތްތެރިވަނީ- ފޮޓޯ: ޕީއެސްއެމް
ވިޔަފާރިތަކައް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތް އާންމު ކޮށްފި
މިމަހުގެ 14 އިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކައް ހުއްދަ ދޫކުރުމުގައި އަމަލިކުރާނޭ ގޮތް އާންމު ކޮށްފި އެވެ.

ހުއްދަ ދޫކުރުމުގައި އަމަލުކުރާނޭ އުސޫލުތަށް އާންމުކޮށް އިކޮނަމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މާލޭ ސަރަހައްދުގައި ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ ގަޑިތަކުގައި، މުހިއްމު ބޭނުންތަކަށް ހާއްސަ ހުއްދައެއް ދޫކުރުމުގައި، އެ މިނިސްޓްރީ އާއި ފުލުހުން އަމަލުކުރާނޭ ގޮތް ކިޔާދީފައެވެ. 

އެގޮތުން މުދާ ޑެލިވަރީކުރުމަށް އެދޭ ވިޔަފާރިތަކަށް ދޫކުރެވޭނީ ދެ ޑެލިވެރީ އަދި ދެ ސަޕޯޓް ސްޓާފް ފާސް ކަމަށާއި ފާހަށް އެދޭނީ މި ލިންކް މެދުވެރިކޮށް ކަމަށެވެ.

އަދި ކެފޭ، ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ވިޔަފާރިތަކަށް ދޫކުރާނީ ދެ ޑެލިވަރީ އަދި ހަތަރު ސަޕޯޓް ސްޓާފް ކަމަށާއި ފާހަށް އެދޭނީ މި ލިކްން މެދުވެރިކޮށް ކަމަށެވެ.

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތައް ދޫކުރާނީ އެންމެ ފާހެއް ކަމަށާއި ފާހަށް އެދުމަށް ޕާމިޓް ޕޯޓަލަށް ވިޔަފާރި ރެޖިސްޓްރޭޝަން ނަންބަރު، ހުއްދައަށް އެދޭ ފަރާތުގެ ފުރިހަމަ ނަން، މަގާމު މޯބައިލް ނަންބަރު އަދި ހުއްދަ ބޭނުންވަނީ ކިތައް ގަޑިއިރަށްކަން ބަޔާންކޮށް ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތައް ދޫކުރާނީ ދެ ފާސް ކަމަށާއިފާހަށް އެދޭނީ މި ލިކްން މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ އަދަދަށްވުރެ އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްސީލު އަދި މައުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްސީލު އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދޭކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ 

އަދި ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ އަދަދަށްވުރެ އިތުރަށް އެދޭ ހާލާތްތަކުގައި، އެ ވިޔަފާރިއެއްގެ މަސައްކަތްތަކަށް އިތުރަށް މުވައްޒަފުން ބޭނުންވާ މިންވަރު ދިރާސާކުރުމަށްފަހު ވަކި ގޮތެއް ކަނޑައެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް