ads
އޮލިމްޕިކްސް އާއި ދެކޮޅަށް ބައެއް އާއްމުން ހިޔާލު ފާޅުކުރަނީ --- ފޮޓޯ: ސްކައި ނިއުސް
އޮލިމްޕިކްސް ބޭއްވުމާ ޖަޕާނުގެ ޑޮކްޓަރުން ދެކޮޅު
ކޮވިޑުގެ ހާލަތު އޮތް ގޮތުން، އޮލިމްޕިކް ގޭމްސް ޓޯކިޔޯގައި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ، ޖަޕާނުގެ ޑޮކްޓަރުން އޮލިމްޕިކްސްއާ ދެކޮޅު ހަދަން ފަށައިފިއެވެ.
Advertisement

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޖަޕާނުން އަމަލު ކުރަމުން އަންނަ ގޮތްތަކަށް ބަލާއިރު، އޮލިމްޕިކް ގޭމްސް މިއަހަރު ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ސިއްހީ މާހިރުން މީގެ ކުރިންވެސް އައީ ބުނަމުންނެވެ. މިދިޔަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ކަނޑައެޅުނު އޮލިމްޕިކްސް މިހާރު ބާއްވަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި- އޮގަސްޓްގައެވެ.

މި އަހަރުގެ ޖުލައި މަހަށް އޮލިމްޕިކްސް ފަސްކޮށްފައިވާއިރު، ސިއްޙީ ތަޖުރިބާކާރުން ބުނަމުން އަންނަނީ އެ މުއްދަތުގައިވެސް އޮލިމްޕިކްސް ބޭއްވުމަކީ ނާދިރުކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ކޮވިޑާ ގުޅިގެން ޖަޕާނުގައި އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން ގޭމްސްއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ސިއްހީ ހިދުމަތްތެރިން އަންނަނީ މެދު ނުކެނޑި ގޮވާލަމުންނެވެ.

މީގެ ދުވަސްކޮޅެއް ކުޅުން ޖަޕާނުގެ އެއްހާސް ޑޮކްޓަރުންގެ މެދުގައި ކުރެވުނު ސަރވޭއެއްގައި ހަތްދިހަ ފަސް އިންސައްތަ ޑޮކްޓަރުން ބުނެފައިވަނީ ރަނގަޅު ގޮތަކީ އޮލިމްޕިކްސް ފަސްކުރުން ކަމަށް އެ ސަރވޭއާ ހަވާލާދީ ރޮއިޓަރސްއިން އޭރު ރިޕޯޓްކޮށްފައިވެއެވެ. އޮލިމްޕިކް ގޭމްސް ފަށަން ކަނޑައަޅާފައިވާ ތާރީޚު މިހާރު ގާތްވަމުން އަންނައިރު، ޖަޕާނުގައި ކޮވިޑު ވެކްސިން ދީފައިވަނީ އާބާދީގެ މަދު ބަޔަކަށެވެ. ޖަޕާނުގައި ކޮވިޑުގެ ކަންތަކުގައި އަމަލުކުރަމުން އަންނަ ގޮތާއި މެދު އެ ގައުމުގެ ސިއްހީ ހިދުމަތްތެރިންގެ މެދުގައި ކަން ބޮޑުވުންތައް ހުރިއިރު، ސިޔާސީ ބޭނުމެއްގައި އޮލިމްޕިކްސް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫންކަމަށްވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއަހަރުގެ ޖުލައިއަށް ފަސްކޮށްފައިވާ ޓޯކިޔޯ އޮލިމްޕިކްސް ކެންސަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބާކްވެސް ކުރިންވަނީ ވިދާޅުވެފައެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އޮލިމްޕިކްސް ވަނީ މި އަހަރުގެ ޖުލައި އަށް ފަސްކޮށްފަ އެވެ. އޮލިމްޕިކްސް ފަސްކުރީ ދުނިޔޭގައި ހަލުއި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ގޭމްސް ބޭއްވޭނެ ގޮތެއް ނެތުމުންނެވެ.

ހަތަރު އަހަރުން ހަތަރު އަހަރުން ބާއްވާ އޮލިމްޕިކްސްއަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި ތެއްތިރީސް ކުޅިވަރަކުން ތިން ސަތޭކައަށްވުރެ ގިނަ އިވެންޓް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް