
އެރިކާ އަދި ޝަހީރް ވަނީ ސޮނީގެ ސީރީޒެއް ކަމުގައިވާ ކުޗް ރަންގް ޕިޔާރްކީ އޭސޭބީގައި ފެނިގެން ގޮސްފަ އެވެ. އެ ސިރީޒުން ދެމީހުން ދިމާވެ ލޯބި އުފެދުނެވެ. ނަމަވެސް އެ ގުޅުން ވަނީ މާގިނަ ދުވަސްތަކެއް ނުވެ ނިމިގެން ގޮސްފަ އެވެ.
އެރިކާ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި އެކު ސީރީޒް ނުކުޅޭނެ ކަމަށް އަޒުމް ކަނޑައަޅައިގެން ހުރިއިރު ޝަހީރް ވެސް ހުރީ އެގޮތަށް ނިންމައިގެންނެވެ. އެރިކާއާ ރުޅިވުމަށް ފަހު ޝަހީރް ވަނީ ކައިވެންޏެއް ވެސް ކޮށްފައެވެ.
ދެ ތަރިން އެހެން ނިންމައިގެން ތިބި ނަމަވެސް އެ ދެތަރިން އަނެއްކާވެސް މި ވަނީ ހިންދީ ސީރީސްއެއް ކަމުގައިވާ ކުޗް ރަންގް ޕިޔާރްކީ އޭސޭބީގެ ސީޒަން ތިނެއް ކުޅެން ނިންމާފަ އެވެ. މިކަމާ ގުޅިގެން ބައެއް މީހުންގެ އެތައް ސުވާލެއް އުފެދުނެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ އެ ދެތަރިންނަށް އެ ސީރީޒްގެ ސީޒަން ތިނެއް ފެށުމުން މަރުހަބާ ކިޔާފައެވެ.