ads
ފޮޓޯ: އިންސްޓަގްރާމް
އަޒޫއަށް ސައީދުގެ އެންމެ ކިޔުޓު ސިފައަކީ މިއީ
ފިލްމީ ދާއިރާއިން މަޝްހޫރު ތަރިންގެ ވާހަކަދައްކާނަމަ އަޒޫއާއި ސައީދުއަކީ މިސާލެކެވެ.

ކައިވެންޏަކަށްފަހު ދަރިއަކު ލިބުމާއި ހަމައިން ފިލްމީދާއިރާއާއި އަޒޫ ދުރުގައި އުޅުނު ނަމަވެސް މިހާރުވެެސް މަދުމަދުން ނަމަވެސް ފިލްމުތަކުން ފެންނަ އަޒޫ އާއި ސައީދުގެ ލޯބީގެ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެކެވެ.

މިފަހުން މިދެމަފިރިނަ ބައިސްކޯފުގެ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ވަނީ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހިއްސާކޮށްފައެވެ.

އެކަކު އަނެކަކާއި ސުވާލުކުރާ ގޮތަށް ކުރިއަށްދިޔަ އެ ޝޯގައި ސައީދުގެ އެންމެ “ކިޔުޓު”ސިފައަކީ ކޮބާތޯ އަޒޫ ކައިރީ ސުވާލުކުރުމުން އަޒޫ ވަނީ ގިނަ ކަންތައްތަކެެެއް ފާހަގަކޮށްފައެވެ. 

އަޒޫ ބުނީ އެންމެ ކިޔުޓު ސިފައަކީ އަޒޫ ރުޅިއާސްފަ ހުންނަ ވަގުތުތަކުގައިވެސް ސައީދު މާ މަޖާވެގެން އުޅުން ކަމަށެވެ. ސައީދު ބުނީ އަޒޫ ރުޅިއާސްފަ ހުންނަ ވަގުތުތަކުގައި އޭނާވެސް ރުޅިއާމަ ކަމަކު ނުދާނެކަމަށެވެެ. އެހެންވީމަ އޭނާ ބަލަނީ ކަމެއް ނުވާކަމަށް ހެދިގެން އަޑު ނީވޭކަމަށް ހެދިގެން ހުރެވޭތޯ ކަމަށެެވެ.

ދެވަނަ ކަމަކަށް އަޒޫ ފާހަގަކުރީ، ކޮންމެ ކަމަކުންވެސް އަޒޫ ބޭނުންވަނީ ކޮންކަމެއްތޯ އަދި އުފާވަނީ ކޮންގޮތަކަށް ހެދުމުންތޯ ސައީދު ބަލާތީ އެކަމެވެ. އެއީ ވަރަށް ކިޔުޓު ސިފައެެއް ކަން އަޒޫ ފާހަގަކުރިއެވެެ. އޭގެ އިތުރުން ސައީދުގެ ހުންނަ ގޮތްދޫކުރުމުގެ ސިފައަކީވެސް ވަރަށް ލޯބި ކިޔުޓު ސިފައެއް ކަމަށް އަޒޫ ބުނެެެެެއެވެ.

ސައީދުވެސް ވަނީ އަޒޫއަށް ވަރަށް ތައުރީފުކޮށް އެ ޝޯގައި ވާހަކަދައްކާފައެވެ. އެގޮތުން އަޒޫއަކީ ހަޔާތުގެ ބައިވެރިއަކަށް އަންބެއްގެ ގޮތުންވެސް އަދި ދަރިއެެއްގެ މަންމައެއްގެ ގޮތުންވެސް މީހަކަށް ލިބޭނެ އެންމެ “ޕާފެކްޓް” މީހާ ކަމަށް ސައީދު ގަބޫލުކުރެއެވެ. އަދި ދިރިއުޅުމުގެ ކަންކަމާއި އޭނައަށް ކޮށްދެންޖެހޭ ކަންކަމުގެ އިތުރުން މަސައްކަތުގެ މާހައުލުވެސް އަޒޫ މެނޭޖް ކުރާލެއް ފުރިހަމަ ކަމުގެ ވާހަކައިން އަޒޫއަށް ސައީދު ވަނީ ތައުރީފުކޮށްފައެވެ.

މިދެމަފިރިންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރުވެފައިވާއިރު މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު  ލިބިފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. 

56%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް