ads
ކައުންސިލް އިންތިހާބުގައި ވޯޓު ލަނީ
މާވަށު އިންތިޚާބުގެ މައްސަލަ މިއަދު ހައިކޯޓުގައި
ފޯރިގަދަވީ ލ. މާވަށު އިންތިޚާބުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، ޝަރިއަތުގެ އަޑު އެހުންތައް މިއަދު ފެށުމަށް ތާވަލުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ލ. މާވަށު އޯޝަންވޭވް އާދަމް ޢަބްދުއްރަހްމާން ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް ފަށާނީ މިއަދު މެންދުރު 1:00 ގައެވެ.

މިއީ، އޭޕްރީލް މަހު ބޭއްވި އިންތިޚާބުގެ ނަތީޖާ އެއްވަރުވުމުން، މެއި އެއްވަނަ ދުވަހު ބޭއްވި ދެވަނަ ބުރުގެ އިންތިޚާބުގެ މައްސަލައެކެވެ. މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑީގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމަނަށާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާއަށް ވެސް ލިބިފައިވަނީ ފަސް ސަތޭކަ ފަންސަވީސް ވޯޓެވެ. ދެވަނަ ބުރުގައި ޕީޕީއެމް ކެންޑިޑޭޓަށް ފަސް ސަތޭކަ ފަންސާސް ހަތް ވޯޓު ލިބުނު އިރު އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ ފަސް ސަތޭކަ ތިރީސް އެއް ވޯޓެވެ.

މި މައްސަލަ ހައިކޯޓުގައި މިއަދު ފަށާއިރު، އިންތިޚާބާ ގުޅޭ ހަ މައްސަލައެއް ހައިކޯޓުގައި މިހާރުވެސް ފެށިގެން ކުރިއަށް އެބަދެއެވެ. އޭނގެ ތެރެއިން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ އިންތިޚާބާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުންވަނީ ހުސްވި ހަފުތާ ތެރޭ އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް