ads
މަލައިކާ އަރޯރާ
ކޮވިޑުން ރާއްކާތެރިވުމަށް މަލައިކާ ބޭރަށް ނިކުންނަނީ 2 މާސްކް އަޅައިގެން
ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ އަންނަނީ އިންޑިއާގައި ކޮވިޑްގެ ކޭސްތައް އިތުރު ވަމުންދާތީ މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔާދެމުންނެވެ.
Advertisement

އިންޑިއާގެ ގިނަ ސިޓީތަކެއް ފުރަބަންދުގައި އޮތްއިރުގައި ގިނަ ފިލްމުތަކާއެކު ތަރިންގެ މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.

އިންޑިއާގައި ފިޔަވަޅުތައް ވަރުގަދަކޮށްފަވަނިކޮށް މަލައިކާ އޭނާ ކުއްތާ އެކު ހެދުނު ހިނގައިލުމަށް ނިކުތް އިރު ދެ މާސްކް އަޅައިގެން އުޅުނު މަންޒަރު ފެނިގެން ގޮސްފައެވެ. 

މަލައިކާ އޭނާގެ ކުއްތާ ގޮވައިގެން ހެނދުނު ބޭރަށް ނިކުތް އިރުގައި ވަނީ ކޮވިޑުން ރައްކާތެރުވުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

އެގޮތުން ބޮޑީގާޑުންގެ ދެމެދު ތިން ފޫޓްގެ ގައި ދުރުކަން ބެހެއްޓުމާއެކު ސެނެޓައިޒާ ފުޅިއެއްވެސް މަލައިކާ ގެންގުޅުނެވެ.

މަލައިކާ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ފިޓްނެސް އަށް ބަލައިގެން އުޅޭ އެއް ތަރިއެވެ. އަދި އޭނާ އެންމެ ޝައުގުވެރިކަން ހުންނަ އެއްކަމަކީވެސް ކަސްރަތު ކުރުމެވެ.

ފިޓްކޮށް ހުންނަން ކުރަންޖެހޭ ގިނަ ކަންކަން ފޭނުންނާ ހިއްސާ ކުރަމުން އަންނަ މަލައިކާ ވަނީ ދާދި ފަހުުން ވެކްސިންގެ ފުރަތަމަ ޑޯޒްވެސްް ޖަހާފަައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް