އައިޖީއެމްއެޗުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ހިދުމަތަށް ދުވާލެއްގެ މައްޗަށް ދޫކުރުވޭނީ 200 ނަންބަރު ކަމަށެވެ. އަދި ލެބޯޓަރީ ހުޅުވާފައި ހުންނާނީ ހެނދުނު 8 ކުން ފެށިގެން މެންދުރު 2 ގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ.
އައިޖީއެމްއެޗްއިން މިބަދަލު ގެނައީ ކޮވިިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ރާއްޖޭގައި ދުވަހަކުން ދުވަހަށް އަންނަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން ނެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 1،467 މީހުންނެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 1،267 މީހެކެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން ޖުމްލަ 182 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ރިޒޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ.